ވޯޓުފޮށި ފަޅާލި 3 މީހަކު ހައްޔަރުކޮށްފި

ގދ.ތިނަދޫ ވޯޓުފޮށި ފަޅާލާފައި -- ފޮޓޯ: ސޯޝަލް މީޑިއާ

މިހާރު ކުރިޔަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ގދ.ތިނަދޫ އަދި ގދ،ރަތަފަންދޫގައި ވޯޓު ފޮށި ފަޅާލި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓު ފޮށި ފަޅާލި މައްސަލައިގައި ތިނަދޫ އިން އެކަކު ހައްޔަރު ކޮށްފައިވާއިރު، ރަތަފަންދޫ އިން ވަނީ ދެ މީހުން ހައްޔަރު ކޮށްފައެވެ. އަދި އެއީ ރައީސް ނަޝީދުގެ މަންދޫބުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ތިނަދޫ އާއި ރަތަފަންދޫގެ އިތުރުން ތ.މަޑިފުށީގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެއްވެސް ވަނީ ފަޅާލާފައެވެ. ނަމަވެސް އެކަމާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޕްރައިމަރީގެ ވޯޓުލުން 17:00 އާ ހަމައަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ވޯޓުލުން މެދުކެނޑުނު ތަންތަނުގައި ވޯޓުލާ ވަގުތު އިތުރު ކުރާނެ ކަމަށް ބެލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *