ޖޭއެސްސީގެ މެންބަރުކަމަށް ޔަޒްމީދު

392818_2b410080-f_

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ޔަޒްމީދު މުހައްމަދު އައްޔަނު ކޮށްފި އެވެ.

ޔަޒްމީދު މުހައްމަދު ގއ.ވިލިނގިލި / ވައިޖެހޭގެ ޖޭއެސްސީއަށް އައްޔަނު ކޮށްފައިވަނީ އެ ކަމަށްޓަކައި މިއަދު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.

ޔަޒްމީދު ޖޭއެސްސީއަށް އައްޔަނު ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ. އޭނާ މަގާމަށް އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ރ.އިނގުރައިދޫ / ހިތްވަރު މުހައްމަދު ސަމީރު އެމަގާމުން ވަކިކުރެއްވުމަށްފަހު އެވެ.

ޔަޒްމީދު ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވިލިނގިލި ދާއިރާއަށް ވާދަކޮށްފަ އެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް އެ އިންތިހާބުގައި ކުރި ހޯދީ އަމިއްލަ ގޮތުން ވާދަކުރި އާޒިމް އަބްދުލްއަޒީޒެވެ.

Leave a Reply

Your email address will not be published. Required fields are marked *