ސަރުކާރުން މަސައްކަތް ކުރަނީ ތިން ބާރު ވަކިވެފައިވާ ނިޒާމު ނައްތާލުމަށް: އެމްޑީޕީ

MDP

ސަރުކާރުން މަސައްކަތް ކުރަނީ ތިން ބާރު ވަކިވެފައިވާ ނިޒާމު ނައްތާލުމަށް ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އިސްލާހު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗާއި ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އެމްޑީޕީން ނެރެނު ނޫސްބަޔާނުގައި ތުހުމަތު ކޮށްފައިވަނ،ީ މިއީ މެންބަރު އަމިއްލަގޮތުން ހުށަހެޅުއްވި ބިލެއް ނަމަވެސް މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގަ އެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީ ބަދަލުކުރި މައްސައިގައި ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއް ބަލަމުންދަނިކޮށްކަން ފާހަގަ ކޮށްފައިވެ އެވެ. އަދި ޖޭއެސްސީގައި އިންނަވާ ރައީސްގެ މެންބަރުން ބަދަލުކުރެއްވިކަންވެސް ފާހަގަ ކޮށްފައިވެ އެވެ.

އެހެންކަމުން މިކަންކަމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމު ނައްތާލުމަށް ސަރުކާރުން ކުރަމުންދާ ކަމެއްގެގޮތުގައި އެމްޑީޕީން ސިފަކޮށްފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *