"އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ"

sgbf4

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދިޔުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓް އިން ކުރި ޓުވީޓެއްގައި ބުނީ، މިހާރު ކުރިޔަށްދާ ޕާޓީގެ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

މިގޮތުން މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމަށްވެސް އެމްޑީޕީން ކުރި ޓުވީޓްގައި ވަނީ ބުނެފައެވެ.

ޕްރައިމަރީގައި ބައެއް ރަށްރަށުގައި ބަހައްޓާފައިވާ ވޯޓް ފޮށިތައް ފަޅާލި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު، މައްސަލަ ޖެހުނު ފޮށިތަކުގައި ޖެހުނު މައްސަލަތައް ހައްލުކޮށް ވޯޓުލާން ވަނީ އަލުން ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *