ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަނު ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސައިން ޝަހީދު އައްޔަނު ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސައިން ޝަހީދު އައްޔަނު ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިއަދު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ އޭނާއާއި ހިމެނޭހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް ޖޭއެސްސީން ސުލޫކީ މައްސަލަތަކެއް ބަލަންފެށުމުންނެވެ. ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، މެންބަރުން ޕާޓީބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލާގުޅޭ ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލަމުން ގެންދަނިކޮށެވެ.

ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފަ އެވެ. ހަމައެއާއެކު ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ހާސިލުކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *