ރައީސް އިބޫ އިންތިހާބުން މޮޅުވިކަން އިއުލާންކޮށްފި

355679_3_17b969dd93c55f52f44388ccae1386b740da6a07_large

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުތަނުން ކާމިޔާބުކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

ރައީސް އިބޫގެ ކެމްޕޭން ޓީމުން ބުނީ، އެމަނިކުފާނު އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބާއްވާ ބޮނޑިބަތަކަށް މިރޭ 22:00 ޖަހާއިރު އެމްޑީޕީ ހަރުގެއަށް ވަޑައިގެންނެވުމަށް ވަނީ ދައުވަތު އަރުވާފައެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން ރައީސް ސޯލިހު ވަނީ ވާދަވެރި ކެންޑިޑޭޓް ރައީސް ނަޝީދުގެ މައްޗަށް 60 އިންސައްތައަށްވުރެ ބޮޑު ނަތީޖާއަކުން ކުރިހޯއްދަވާފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި 30،000 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 57،000 މީހުންނަށެވެ.

Leave a Reply

Your email address will not be published. Required fields are marked *