މަސައްކަތް އަދި ފެށުނީ، ވާދަވެރިން ބައިވެރިވެވަޑައިގަންނަވާ: ރައީސް އިބޫ

ރައީސް އިބޫ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ޝަރުހާން

ރިޔާސީ އިންތިހާބަށް ކުރައްވާ މަސައްކަތް މި ފެށުނީ އަދި ކިރިޔާ ކަމަށާއި، ވާދަވެރިންނަށް އެކުގައި ބައިވެރިވުމުގެ ދައުވަތު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ މައި ހަރުގެ ކައިރީ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މިވަގުތު ކުރަންވީ ކަމަކީ ޕާޓީ އެކީގައި ނިކުމެ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

ވާދަވެރި އިންތިހާބެއްގައި ކަންތައްތަކެއް ހިނގާފައި ހުންނާނެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ފެންނަން ބޭނުން ނޫން ކަންތައްވެސް ފެނިފައި ހުރެދާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހިތަކު އެއިން އެއްވެސް ކަމެއް ނެތް ކަމަށެވެ.

"ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ މިހާރު އަޅުގަނޑުމެންގެ ވާދަވެރިކަން މި ނިމުނީއޭ. އެކަން މި ނިމުނީއޭ. ދެން ނިކުންނަންވީ އަނެއްކާ އެންމެން އެކަތިގަނޑެއް ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން" ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް އިބޫ ވިދާޅުވިއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބޫ ކާމިޔާބު ކުރައްވާފައި ވަނީ 60 އިންސައްތައަށްވުރެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *