ރިޔާސީ އިންތިހާބު އަދި މާ ފަސޭހަކޮށް ނަގާނަން: ރައީސް އިބޫ

sfsgvve

ރިޔާސީ ޕްރައިމަރީއަށްވުރެ ފަސޭހައިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަން ކަށަވަރު ކުރައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް އިބޫ ވިދާޅުވީ، ނިމިގެންދިޔައީ ވާދަވެރި އިންތިހާބެއް ކަމަށާއި، ވާދަވެރިންނަކީ އެކުވެރިންނަށްވީމަ ބައެއް ފަހަރު ބައެއް ކަންކަން ދޫކޮށްލަންވެސް ޖެހުނު ކަމަށެވެ.

ނަމަވެސް ރައީސް އިބޫ ވިދާޅުވީ، ކުރިޔަށް ދެން އޮތީ ރިޔާސީ އިންތިހާބު ކަމަށާއި، އެ އިންތިހާބަށް އެންމެން އެއްކޮށް ނިކުމެ މާ ފަސޭހައިން ކާމިޔާބު ކުރެއްވޭނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ވާދަވެރިންނަށްވެސް އެމަނިކުފާނާ ގުޅިވަޑައިގަންނަވަން އެދިފައެވެ.

ރިޔާސީ ޕްރައިމަރީ ރައީސް އިބޫ ކާމިޔާބު ކުރެއްވީ 60 އިންސައްތައަށްވުރެ މަތިންނެވެ. އަދި 40،000 އަށްވުރެ ގިނަ ވޯޓް އެމަނިކުފާނު ހޯއްދެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *