ނަތީޖާއަށް ބަދަލު އަންނާނެވަރުގެ ޝަކުވާއެއް ނާދޭ: އެމްޑީޕީ

ވޯޓު ފޮށިތައް ބަންދުކުރަން ފެށުން -- ފޮޓޯ: މިހާރު

އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ނަތީޖާއަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ނާންނަ ކަމަށް ޕްރައިމަރީގެ އިންތިޒާމު ކޮމެޓީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީން ބުނީ، އިންތިހާބާ ގުޅިގެން ހުށަހަޅާފައިވަނީ ޖުމްލަ 60 ޝަކުވާ ކަމަށާއި، އޭގެ ތެރޭގައި ނަތީޖާ ބަދަލުވާނެފަދަ ޝަކުވާއެއް އައިސްފައިނުވާ ކަމަށެވެ.

އިންތިހާބުގައި ފޯނު މެދުވެރިކޮށް 10 ޝަކުވާ ހުށަހަޅާފައިވާއިރު، ޕޯޓަލް މެދުވެރިކޮށް 50 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. އަދި އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައި ވަނީ ލިސްޓު ދިމާނުވާ ކަމަށް ބުނެ ކަމަށްވެސް އިންތިހާބު ކޮމިޓީން ފާހަގަކުރިއެވެ.

މީގެއިތުރުން ނިމިދިޔަ އިންތިހާބަކީ އެމްޑީޕީގެ ހަޔާތުގައިވެސް އެންމެ ކާމިޔާބު އަދި އެންމެ ފުރިހަމަ އިންތިހާޞު ކަމަށްވެސް އިންތިހާބު ކޮމިޓީން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *