މ.ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުން ނިމިއްޖެ

dfeg

މ.ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއިން ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ، ކޮޅުފުށީގެ ގިރަމުންދާ 4 ސަރަހައްދެއް ހިމާޔަތްކުރެވިފައިވާ ކަމަށާއި، މިއީ ހަމަގައިމުވެސް ކޮޅުފުށީގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫއުއެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 5,575 ކިއުބިކް މީޓަރުގެ މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، 4,108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަހައްދު ފުންކުރުމާއި، 518 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

މި މަޝްރޫއުއަށް 22.9 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *