ރިޔާސީ ބަޔާން އިއްވާތީ ފެބްރުއަރީ 6 ބަންދު!

YF7EcwsG0t3YcCWHwFal

މި އަހަރުގެ ރިޔާސީ ބަޔާން އިއްވާނެ ދުވަހަކީ އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަސް ކަމަށް ކަނޑައަޅައި އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ނިންމައިފިއެވެ.

ރިޔާސީ ބަޔާން އިއްވަނީ މަޖިލިސް އެ އަަހަރެއްގައި ހުޅުވާ ދުވަހު ކަަމަށްވާއިރު، މިފަހަރުގެ ރިޔާސީ ބަޔާނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ދައުރުގެ ފަހު ރިޔާސީ ބަޔާނެވެ.

ރިޔާސީ ބަޔާނުގައި އާންމުކޮށް ދައްކާނީ ދައުލަތުން ކުރަމުން އަންނަ މަސައްކަތްތަކާއި، ކުރިއަށް ޕްލޭން ކޮށްފައި ހުރި މަސައްކަތްތަކާ ބެހޭގޮތުންނެވެ.

ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހަށް ރައީސް ވަޑައިގަތުން އޮންނަނީ ރަސްމީ އިއްޒަތުގަ އެވެ. އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް ވެސް ހުންނަވާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *