ރައީސް އިބޫއާ ރަސްމީކޮށް ޓިކެޓް ހަވާލުރުން އަންނަ މަހު

ADH_0747-1672862489610_s1l77y

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުަހައްމަދު ސޯލިހުއާ ރަސްމީކޮށް ރިޔާސީ ޓީކެޓް ހަވާލުކުރާނީ އަންނަ މަހުގެ ތެރޭގައި ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިއަދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޒާމު ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއަރޕަސަންގެ ނާއިބު އިބްރާހިމް ވަހީދު ވިދާޅުވީ، ރިޔާސީ ޓީކެޓް ރައީސް އިބޫއަށް އެރުވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު މެދުތެރޭގައި ކަމަށެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ، އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރާތާ ފަސް ދުވަސް ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރަން ޖެހޭ ކަމަށާއި، އެކަން އެގޮތަށް ކުރިއަށްދާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބޫ ކާމިޔާބު ކުރެއްވީ 60 އަށްވުރެ ގިނަ އިންސައްތައިން ވޯޓު ހޯއްދަވައިގެންނެވެ. އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓަށް 40 އިންސައްތަ ވޯޓުވެސް ހަމަވެފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *