ރައީސް ނަޝީދު އެންމެފަހުން ބަލި ގަބޫލުކުރައްވައިފި

ކނކނ

އެމްޑީޕީ ރިޔާސީ ޕްރައިމަރީން ބަލިވިކަން ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ގަބޫލުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕްތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އިންތިހާބުގައި އޮޅުވާލުން އެއްކިބާ ކޮށްފިނަމަ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބުނު ކަމަށް ބުނާ ވަރަށް ގިނަ ވޯޓު އުނިވާނެ ކަމަށާއި، ނަމަވެސް ލަފާކުރަނީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް އިބޫ މޮޅުވެދާނެ ކަމަށެވެ.

ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ކުރިހޯއްދެވީ 61 އިންސައްތަ ވޯޓާއެކުގައެވެ. އަދި ރައީސް ނަޝީދަށް ލިބިލެއްވީ 39 އިންސައްތަ ވޯޓެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވި ރައީސް އިބޫ ވަނީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ އެންމެހާ މެންބަރުން ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތު ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *