4 ރަށެއްގައި ބިން ހިއްކަން 3 ފަރާތަކުން ބިޑުކޮށްފި

354336_3_0f9ed7845e43f670f61e99a10af04f3aedb45671_large

ހަތަރު ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކައިދިނުމަށް ތިން ފަރާތަކުން ބިޑުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ތ.ވިލުފުށި، ށ،ބިލެތްފަހި، ހދ.މަކުނުދޫ، އަދި ބ.ތުޅާދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކައިދޭނެ ބަޔަކު ހޯދަން ހުޅުވާނުލާ ކުރިއަށް ގެންދިޔަ ރެސްޓްރިކްޓެޑް ޓެންޑަރިންގައި ތިން ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށެވެ.

ބިޑް ހުށަހެޅީ ކޮން ތިން ފަރާތަކުންކަން ޕްލޭނިން މިނިސްޓްރީން އާންމުކޮށްފައި ނުވާއިރު، ބިޑް އިވެލުއޭޓު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ޕްލޭނިން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *