ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ބޮސްކާލިސްއާ ހަވާލުކޮށްފި

img_md_202009210715031600654503.9044

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްފިއެވެ.

މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ހިދުމަތްތައް ބަދަލުކޮށް، ވިޔަފާރި ބަނދަރު ތަރައްގީކުރަން ހިންގާ މަޝްރޫއުގައި ހިމެނޭ ގުޅީފަޅު ބިން ހިއްކުން ބޮސްކާލިސްއާ ހަވާލުކޮށްފައި ވަނީ 130 މިލިއަން ޑޮލަރަށެވެ.

މިއީ ގުޅީފަޅު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކަމަށްވާއިރު، ގުޅީފަޅު ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައި ވަނީ ބޮސްކާލިސްއިންނެވެ.

ގުޅީފަޅު ހިއްކުމަށް ފަހު މާލޭ ނޯތު ހާބަރުގައި މިހާރު ހުރި ގުދަންތަކާއި ހޯލްސޭލް ފިހާރަތައް އެތަނަށް ބަދަލު ކުރާނެވެ.

Leave a Reply

Your email address will not be published. Required fields are marked *