މަޝްރޫއުތަކާއެކު 9 ރަށެއްގައި ދުވާލު ޖަނެރޭޓަރު ނިއްވާލެވޭނެ

veu ue

މިހާރު ކުރިއަށްދާ އިއާދަކުރަނިވި މަޝްރޫއުތައް ނިމުމުން ރާއްޖޭގެ 9 ރަށެއްގައި ދުވާލު ގަޑީގައި ޖެނެރޭޓަރު ނިއްވާލެވޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރ.އަތޮޅާއި، ބ.އަތޮޅުގެ 26 ރަށެއްގައި އިރުގެ އަލިން ޙަކަތަ އުފެއްދުމުގެ މަޝްރޫޢުތަކުގެ މަސައްކަތް ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅު ތެރޭގައި ހަކަތައިގެ ދާއިރާއިން ބިޔަ މަޝްރޫއުތައް އަމަލީ ގޮތުން ހިންގަމުން އަންނަ ކަމަށެވެ.

މިގޮތުން ވޭތުވެދިޔަ ތަނުގައި ކުރެވުނު މަސައްކަތުން ރާއްޖޭގެ 2 ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށް ދުވާލު ގަޑީގައި ޖެނެރޭޓަރުތައް ނިއްވާލެވޭ ކަމަށާއި، އަދި މިހާރު ހިންގަމުން އަންނަ މަޝްރޫއުތައް ނިމުމުން ކައިރި މުސްތަގުބަލުގައި ރާއްޖޭގެ އިތުރު 9 ރަށެއްގައި ދުވާލުގެ ޕީކް ގަޑީގައި ޖަނެރޭޓަރުތައް ނިއްވާލެވޭނެކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ މައިގަނޑުބޭނުމަކީ ހަކަތައިގެ ދާއިރާއިން ސަބްސީޑިއަށް ކުރެވޭ ހޭދަ ކުޑަކުރުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، އަލަށް ޓެސްޓު ކުރެވޭ ވަސީލަތްތަކާއެކު ރާއްޖޭގެ ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑު ތަނުން ކުރިއަރާނެކަމަށެވެ. އަދި ހަކަތަ އުފެއްދުމަށް މިހާރު ކުރެވޭ ހޭދަ ބޮޑުތަނުން ކުޑަވެ، އެ ފައިސާ ތަރައްގީގެ އެކި ބޭނުންތަކަށް ބޭނުންކުރުމަށް ހުންނާނެކަމަށްވެސް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *