ރ.އަތޮޅާއި، ބ.އަތޮޅުގެ 26 ރަށެއްގައި ސޯލާ ޕީވީ ނިޒާމު ގާއިމްކުރަން ހަވާލުކޮށްފި

dngknegk

ރ.އަތޮޅާއި، ބ.އަތޮޅުގެ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ގާއިމްކުރަން "ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް" އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން މިނިސްޓަރު އާމިނަތު ޝައުނާ ސޮއިކުރެއްވިއިރު، "ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް" ގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު ސާއޯ ސިއޯ މިންގް އެވެ.

މި މަޝްރޫއު "ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް" އާ ހަވާލުކޮށްފައި ވަނީ 12 މަސް ދުވަހުގެ ތެރޭގައި ނިންމަން 18.24 މިލިއަން އެމެރިކާ ޑޮލަރަށެވެ. އަދި މި މަޝްރޫއު ކުރިޔަށް ގެންދަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ރ.އަތޮޅާއި، ބ.އަތޮޅުގައި މީހުން ދިރިއުޅޭ 26 ރަށުގައި 6.35 މެގަވޮޓުގެ ސޯލާ ޕީވީ، 7.66 މެގަވޮޓް އަވަރގެ ބެޓްރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް، އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމުކުރެވޭނެ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މި ސިސްޓަމްތަކުގެ ސަބަބުން އަހަރަކު 2.9 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވިގެންދާއިރު، އަންދާޒާކުރެވޭގޮތުގައި އަހަރަކު 47 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ކާރބަންޑައި އޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *