ބ.ކަމަދޫ ބަނދަރު ހެދުން: އެއްގަމުތޮށިލުން ނިމުމަކާ ގާތަށް

sfsbgr

ބ،ކަމަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމުގެ ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ބ.ކަމަދޫ ބަނދަރުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށާއި، އެގޮތުން އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އައު ހާބަރ ބޭސިންގް ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތުގެ 92 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށްވެސް އެމްޓިސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 30،933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 392 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަށް 53.6 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *