އެސްޓީއޯ މަކިޓާ ޝޯރޫމާއި، ނިޕޯން ރަމަޟާން ބާޒާރު ފަށައި

ev

އެސްޓީއޯ މަކިޓާ ޝޯރޫމްއާއި ނިޕޯން ރަމަޟާން ބާޒާރު ފަށައިފިއެވެ.

މިއަދު ފެއްޓި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ ޖެނެރަލް މެނޭޖަރ، އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާން އެވެ.

އެސްޓީއޯ މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް ކަމަށާއި، ނިޕޯން ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި، އެސްޓީއޯ މަކިޓާ ޝޯރޫމް އިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ނިޕޯން ޝޯރޫމުން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އިނާމުތައް:

  • އެސްޓީއޯ މަކިޓާ ޝޯރޫމްގެ ރަމަޒާން ބާޒާރުގެ ގްރޭންޑް ވިނަރ އަކަށް ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 20،000 ރުފިޔާގެ އަގުހުރި މުދާ
  • ނިޕޯން ރަމަޟާން ބާޒާރުގެ ގްރޭންޑް ވިނަރ އަކަށް ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 20،000 ރުފިޔާގެ އަގުހުރި މުދާ

Leave a Reply

Your email address will not be published. Required fields are marked *