ވ.އަތޮޅު 2 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފި

fwf

ވ.އަތޮޅުގެ ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ވ. ފެލިދޫ އާއި ވ. ކެޔޮދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 450 ދުވަހުން ނިންމަން 33،793،128.23 ރުފިޔާ އަށް ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މިގޮތުން ޕްލޭނިން މިނިސްޓްރީން ބުނީ، ފެލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ފެލިދޫ ގޮނޑުދޮށުގައި 165 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިންޤާއިމްކޮށް، 129 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓެއް ލުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއްގެ އިތުރުން 15،000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން ކެޔޮދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ގޮނޑުދޮށުގައި، 280 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ޤާއިމްކޮށް، 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ގާއިމްކުރުމުގެ އިތުރުން 20،000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *