އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު ކަށަވަރުކުރައްވައިފި

ރައީސް އިބޫ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ޝަރުހާން

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަށަވަރު ކުރައްވައިފިއެވެ.

މިއަދު އެމްޑީޕީން އިއުލާން ކުރި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިން ދައްކާ ގޮތުގައި ރައީސް ސޯލިހުއަށް ވަނީ 24،566 ވޯޓު ލިބިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ.

މިގޮތުން ވޯޓިލީ މީހުންގެ ނިސްބަތުން ބަލާނަމަ ރައީސް ސޯލިހުއަށް ލިބިފައިވަޑައިގެންނެވީ 61.10 އިންސައްތަ ވޯޓެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 38.90 އިންސައްތަ ވޯޓެވެ.

މިފަހަރުގެ ޕްރައިމަރީގައި 57،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު، އޭގެ ތެރެއިން ވޯޓު ލާފައި ވަނީ 40،887 މީހުންނެވެ. އެއީ ނިސްބަތުން ބަލާނަމަ 70 އިންސައްތައެވެ.

Leave a Reply

Your email address will not be published. Required fields are marked *