އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ އެމްޑީޕީއަށް

356216_3_36dc44fbc3767a3971c2bf3dd58bb21e497be52f_large

އައްޑޫ ސިޓީ ކައުންސިލްގައި ހުންނެވި ހަމައެކަނި ޕީޕީއެމް ކައުންސިލަރު މުހައްމަދު ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވުމާއެކު، އެ ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެއެވެ.

ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވި ކުޑަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފަައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވެ.

މޭޔަރު ހިމެނޭ ގޮތަށް އައްޑޫ ސިޓީ ކައުންސިލްގައި 13 މެމްބަރުން ތިއްބަވާއިރު، ކުރިން އެ ކައުންސިލްގައި އެމްޑީޕީ އަށް އޭރު ލިބުނީ މޭޔަރު އަލީ ނިޒާރު ހިމެނޭ ގޮތަށް ހަތް ގޮނޑި އެވެ. އަދި އާންމު އުސޫލުން ކައުންސިލްގައި މޭޔަރަށް ވޯޓު ނުދެވޭނެތީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ނޯވެއެވެ.

ނަމަެވސް ފައިސަލް އެމްޑީޕީއަށް ސޮއިކުރުމާއެކު އެމްޑީޕީއަށް މިވަނީ އެ ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ ލިބިފައެވެ. މީގެ ކުރިންވެސް އެމްޑީޕީން ވަނީ އެ ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ ހޯދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *