ވިލިމާލެ އާރްޓީއެލް ބަހުގެ ހިދުމަތުން މާދަމާ އަގު ނަގަން ފަށަނީ

355071_3_c3faa1eee26e67cbd4710d617e9a125a9b5e032b_medium-880x495

ވިލިމާލެއަށް އެމްޓީސީސީން ދެމުން އަންނަ އާރްޓީއެލް ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނެގުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، ވިލިމާލެއަށް ބަހުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށައި، އަދި ހިދުމަތަށް ނަގަން ކަނޑައަޅާފައި ވަނީ ފަސް ރުފިޔާ ކަމަށެވެ.

މިގޮތުން އާރްޓީއެލް މޯބައިލް އެޕް މެދުވެރިކޮށާއި، ވެބްސައިޓް މެދުވެރިކޮށް ކިއުއާރް ޓިކެޓް ނަގޭނެ ކަމަށާއި، ކޮންޓެކްޓްލެސް މާސްޓާ ކާޑް އާއި ޑެބިޓް ކާޑްގެ އިތުރުން ބަހުން ކަރުދާސް ޓިކެޓް ލިބޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި ހިދުމަތަށް ތިން އަހަރުގެ ކުޑަ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނަށް އަގު ނުނަގައެވެ. މިގޮތުން އައިޑީކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *