ލަންކާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

232733_4_72fedf4c53c8e312e8cb8fe9c746875be2376091_large

ސްރީލަންކާގެ 75 ވަަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ.

ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ފާހަގަކުރައްވައި ރައީސް ސޯލިހު، ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގައި ދެމެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ބަދަހިވަމުންދާނެކަމަށެވެ.

ސްރީލަންކާގެ މިނިވަން ދުވަހުގެ ހަރަކާތުގައި އެ ގައުމުގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *