ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު %30 އިތުރުވެއްޖެ

ބ

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 30 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބު ދައްކާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 178،159 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް 136،146 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ 30.9 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2021 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 94،261 ފަތުރުވެރިންކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 5،566 ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ފަތުރުވެރިން 8.1 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ. އަދި ފަތުރުވެރިންނަށް ހިދުމަތް ދޭ 1،218 ތަން އޮޕަރޭޓް ކުރަމުން އަންނައިރު، އެއީ 59،840 އެނދެވެ.

މި އަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އަދި ދެވަނައަށް އިންޑިއާއިން ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރީ އިޓަލީ ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *