ބޯޑާ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ލަންކާ ސޮއިކޮށްފި

vevr

ބޯޑާ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ސްރީލަންކާ ސޮއިކޮށްފިއެވެ.

ލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު އަހުމަދު ހުސެއިންއެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްބަސްވުމާއެކު ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *