ކުޑަގިރިއަށް ހާއްސަ އެޕެއް ތައާރަފްކޮށްފި

sfvw

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ދަތުރު ދިޔުމަށް ތަރައްގީކުރި ކ.ކުޑަގިރިއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

އެޗްޑީސީން ބުނީ، ސަރުކާރުގެ ވައުދާއި އެއްގޮތަށް ކުޑަގިރި ޕިކްނިކް އައިލޭންޑް ތަރައްގީކޮށް އާންމުންނަށް ހުޅުވާލުމަށް އެ ކޯޕަރޭޝަނުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ކުޑަގިރީގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް "ކުޑަގިރި" ގެ ނަން ދީފައިވާ އެޕްލިކޭޝަނެއް ތައާރަފްކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.

މި އެޕްލިކޭޝަން އެޕަލް އަދި އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކަށްވެސް ޑައުންލޯޑް ކުރެވޭނެކަން ފާހަގަކޮށް އެޗްޑީސީން ބުނީ، އެޕްލިކޭޝަން ޑައުލޯޑްކޮށް ރަޖިސްޓްރީ ކޮށްގެން އެޕް މެދުވެރިކޮށް ކުޑަގިރިއާ ބެހޭ އެންމެ ފަހުގެ މަޢޫލޫމާތު ހޯދުމަށް ނޮޓީފިކޭޝަން އޮންކޮލެވޭނެ ކަމަށެވެ.

ކުޑަގިރި ރަސްމީކޮށް މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، ބުކިންއަށް އަދި ހުޅުވާ ނުލައެވެ.

Leave a Reply

Your email address will not be published. Required fields are marked *