ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

sfw

ޒަމާނީ ވަސީލަތްތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފިއެވެ.

އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރު، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

އޮލިމްޕަސް މަރާމާތު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުގެ ބަޖެޓުން އިމާރާތުގައި ރެނދު އަޅާފައިވާ ކޮންކްރީޓް ތަނބުތައް މަރާމާތުކޮށް ފުރާޅު ބަދަލުކޮށްފައިވާއިރު، ޒަމާނާ ރައްޓެހި އައު ޓިކެޓް ކައުންޓަރެއްވެސް ތަރައްގީ ކުރިއެވެ.

އޮލިމްޕަސް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުގެ ބަޖެޓުން ކުޑަ ހޭދައެއް ކޮށްފައިވާއިރު، މި މަޝްރޫއުގެ ބޮޑުބައި ފުރިހަމަ ކުރީ އިންޑިއާގެ އިން ދިން 8 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.

އޮލިމްޕަސް ހުޅުވަން އިންޑިއާގެ އެހީގައި ކޮށްފައިވާ ކަންކަން:

– ޒަމާނީ ރައްޓެހި އައު ޓިކެޓް ކައުންޓަރެއް ގާއިމުކުރުން

– ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރެއް އިންސްޓޯލްކުރުން

– 7.1 ގެ ސަރައުންޑު ސައުންޑް ސިސްޓަމެއް ގާއިމުކުރުން

– މުޅި ހޯލާއި ސްޓޭޖުގެ އެކޯސްޓިކްސް ޓްރީޓު ކުރުން

– ސްޓޭޖުގައި ސައުންޑު އަދި ލައިޓު ސެޓަޕް ގާއިމުކުރުން

– ރިޓްރެކްޓް ކުރެވާ ސްކްރީނެއް އިންސްޓޯލުކުރުން

– މައި ހޯލުގެ މަތީގައި އިޝްތިހާރުކުރުމަށް ލެޑް ޕެނަލްއެއް

– ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަސީލަތްތައް

އޮލިމްޕަސް ހުޅުވާފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އޮލިމްޕަސް މަރާމާތަށްފަހު ހުޅުވުމަށް ލަސްވެގެންދިޔައީ ކޮވިޑް-19 އާ ގުޅިގެން ދިމާވި ގޮންޖެހުންތަކާއެކުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *