ބ.ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި، އެއްގަމުތޮށި ހެދުން ކުރިއަށް

egg

ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓިސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، އަދި ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތުގެ 32 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 14,929 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަށް 19.80 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *