ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ހިދުމަތް ދޭން ފަށައިފި

svvnwvbir

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ޅ.އަތޮޅު ހޮސްޕިޓަލްގައި ގާއިމުކުރި ޑައިލަސިސް ސެންޓަރުން ހިދުމަތް ދޭން ފަށައިފިއެވެ.

ޒަމާނީ ވަސީލަތްތަކާއެކު އެމްޑަބްލިއުއެސްސީން ގާއިމުކުރި ޑައިލަސިސް ސެންޓަރު އިމާރާތްކޮށްފައި ވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދަވާ ބަލި މީހުންނަށް ހާއްސަ ދެ އެނދާއި، އެއް އައިސޮލޭޝަން ރޫމާއެކުގައެވެ. 

މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތްތައް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސް ގާތުން، ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މި ޑައިލަސިސް ސެންޓަރު އެމްޑަބްލިއުއެސްސީޏް ގާއިމުކުރީ އިޖުތިމާއީ ޒިންމާގެ ދަށުން 8 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *