ފަރެސްމާތޮޑާ އެއާޕޯޓް އަންނަ މަހު ހުޅުވޭނެ: ރައީސް ސޯލިހު

vegvre

އަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓްގެ ހުޅުވާނެ ކަމުގެ އުފާވެރި ހަބަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަޕޯޓެއް ގާއިމް ކުރުމުގެ މަޝްރޫއުތައް ދަނީ ކުރިޔަށް ކަމަށާއި، އެގޮތުން ހޯރަފުށީ އެއާޕޯޓް ހުޅުވައި، އަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓްވެސް ހުޅުވާނެ ކަމަށެވެ.

ސަރުކާރުން ކުރިޔަށް ގެންދާ އެއާޕޯޓްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މާފަރު ބައިނަލްއަގުވާމީ އެއާޕޯޓްގެ އެކްސްޕެންޝަން މަސައްކަތް މިހާރު ފެށިފައިވާ ކަމަށައި، ފ.މަގޫދޫ އާއި މ.މުލީ އެއާޕޯޓް ލަސްވެގެން މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މީގެއިތުރުން އަލިފުށީ އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ފެށިފައިވާ ކަަމަށާއި، މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރު ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު މެދު ތެރޭ ފެށިގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއާޕޯޓްތަކާއެކު މުޅި ރާއްޖެ ވައިގެ މަގުން ގުޅާލާ ނިމޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *