މާލޭ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރަން ނިންމައިފިން: ރައީސް

feve

މާލޭ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލޭގެ ބޯހިޔާވެހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20،697 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި، އަދި ގޯތި ހޯދުމަށް 15،164 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުން 5،000 ގޯތި ދޫކުރާނެކަން ރައީސް ސޯލިހު މީގެ ކުރިން އިއުލާން ކުރައްވާފައިވާއިރު، އެ އަދަދު އިތުރު ކުރަނީ ކިހާވަރަކަށް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

މިގޮތުން އެ ފޯމްތައް ޕްރޮސެސްކުރަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ބޯހިޔާވެހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރެވިގެންދާނެ ކަމަށެވެ.

މީގެއިތުރުން ހުސްވި ޖަނަވަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު ކަމަށާއި، ހުސްވި ޖެނުއަރީ މަހުގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު ކަމަށާއި، އޭގެ ތެރެއިން 55 އިންސައްތަ ލޯނު މިހާރު ވަނީ އެޕްރޫވް ކުރެވިފައި ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި 249 ފަރާތަކާއެކު ލޯނު އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަންވެސް ހާމަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *