މި ދައުރުގައި 42.6 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރެވޭނެ: ރައީސް

ssgve

މި ފަސް އަހަރު ތެރޭގައި ޖުމްލަ 42.6 މެގަވޮޓް އަވި ހަކަތަ އުފައްދާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކޮށް ނިންމުމުން 50،000 ޓަނުގެ ވިހައިން ޖައްވު ސަލާމަތްވާނެ ކަމަށާއި، އަދި އަހަރަކު 320 މިލިއަން ރުފިޔާ ތެޔޮ ބިލުން ސަލާމަތް ކުރެވޭނެ ކަމަށެވެ.

ކުނި އެންދުމުން އަރާ ދުމުން މިންޖުވެ، ކުންޏަކީ މެނޭޖްކުރަން ޖެހޭ ވަސީލަތެއްގެ ވިސްނުމަށް ސަރުކާރު ވަނީ ހިޖުރަކޮށްފައކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ މާޙައުލަށް ރައްކާތެރިނޫން ޕްލާސްޓިކްގެ ބާވަތްތަށް މަދުކޮށް، މަނާކުރުމުގެ މަރުޙަލާތަށް ދަނީ ތަންފީޒު ކުރަމުން ކަމަށެވެ.

މިގޮތުން މިދިޔަ ނޮވެންބަރުމަހު އޮތް ކޮޕް 27 ގެ ޑެކްލެރޭޝަންގައި އަލަށް އުފައްދަން ނިންމި ލޮސް އެންޑް ޑެމޭޖް ފަންޑު ޤާއިމްކުރުމުގައި ރާއްޖޭން ވަރަށް އިސް ދައުރެއް އަދާކުރި ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *