ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ޖޫން މަހު ބޮޑުވާނެ: ރައީސް

scsvdvd

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާލުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްްވަމުން ރައީސް ސޯލިހު ވިދާޅުވީ، ގާނޫން ނަމްބަރ 2010/8 ގެ ދަށުން އެކުލަވާލަންޖެހިފައި އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ އެކުލަވާލާ ނިމިފައިވާ ކަމަށައި، މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ހިދުމަތްތަކަށް ވަކި ސެންޓަރެއް މި ހަފްތާ ތެރޭގައި ހުޅުވާލޭގައި ހުޅުވިގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދާ މީގެކުރިން ކުޅިވަރު ކުޅުމުން މަހުރޫމްވެފައިތިބި ނުކުޅެދިންތެރިކަން ހުންނަ ފަރާތްތަކަށް މިއަދު ފުރުސަތު ހޯދައިދެވިފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން މިހާރު ދެމުންގެންދަނީ 2000 ރުފިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *