އަތޮޅު ތެރޭގައި އިމާރާތްކުރާ 556 ހައުސިންގް ޔުނިޓް މޭ މަހު ނިމޭނެ: ރައީސް

ssve

އަތޮޅު ތެރޭގައި އިމާރާތްކުރާ 556 ހައުސިންގް ޔުނިސްޓްގެ މަސައްކަތް އަންނަ މޭ މަހަށް ނިންމާލެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އަތޮޅު ތެރޭގައި އިމާރާތް ކުރެވޭ ހައުސިން ޔުނިޓް ތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، އަދި އިތުރު 2،200 ހައުސިންގް ޔުނިޓްގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާ ކަމަށެވެ.

މި ސަރުކާރުން ހައުސިންގް ގިނަ މަޝްރޫއު ކުރިޔަށްގެންދާއިރު، އެ މަޝްރޫއުތައް ކުރިޔަށް ގެންދަނީ ޒްަމާނަށް ފެތޭ ގޮތަށް ރަނގަޅު ޕްލޭނަކާއެކުގައެވެ. އަދި އޭޣެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ވަނީ ނިމިފައެވެ.

މީގެއިތުރުން ސަރުކާރުން އަންނަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސަައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރު ތެރޭގައި ސަރުކާރުން އެޅި ބައެއް ފްލެޓްތަކަށް މީހުން ވައްދަން ފަށާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *