މެމްބަރު މުއިއްޒުގެ ތާއީދު ރައީސް ސޯލިހަށް

big_g2KD8rNDMoaKxJ40mJjomha20

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވަން ނިންމެވިކަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހާމަކުރައްވައިފިއެވެ.

މުއިއްޒުކުރެއްވި ޓުވީޓެއްގައި ވިދާލުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވި ރައީސް ސޯލިހުއާއެކީ އެމްޑީޕީއަށް ރިޔާސީ އިންތިހާބް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މުއިއްޒު ހުންނެވީ ރައީސް ސޯލިހުގެ ވާދަވެރި ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދާއެކުގައެވެ. ނަމަވެސް މުއިއްޒު މިވަނީ އެމްޑީޕީގެ ޕްރައިމަރީން މޮޅުވި ރައީސް ސޯލިހުއާއެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރުމަށް ނިންމަވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ 61 އިންސައްތައިންނެވެ. އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *