ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،600 އަށްވުރެ މައްޗަށް އަރައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން 7.8 އަދި 7.5 މެގްނިޓިއުޑް ބާރު މިނުގައި ދެ ބިންހެލުމެއް ވަނީ އައިސްފައި ކަމަށައި، މި ބިންހެލުންތަކާއެކު އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ތުރުކީއަށް ކަމަށެވެ.
ބިންހެލުމުގައި މިހާތަނަށް ތުރުކީ އިން 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ސީރިއާއިން 500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މީހުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ތުރުކީ އާއި ސީރިއާއަށް އެހީވުމަށް އެކި ގައުމުތަކުން ވަނީ މަސައްކަތް ފަށާފައެވެ.
Post Views: 160