އާސަންދައިގެ ހަރަދު ބޮޑުވީ ބޯޑަރުތައް ހުޅުވާލުމުން: މެމްބަރު ޣަފޫރު

MIRkp2ULZ7nWAy6EZc72njyahXGJpdiirx6je8tK

އާސަންދައިގެ ހަރަދު ބޮޑުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ހަރަދު ބޮޑުވީ ކޮވިޑަށްފަހު ބޯޑަރުތައް ހުޅުވާލުމުން ކަމަށް އެއެވާހަކައަށް ރައްދު ދެއްވައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އާސަންދައަށް މިދިޔަ ޖެނުއަރީ މަހު 67.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު 283.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި ކަމަށެވެ.

މިގޮތުން އާސަންދައިގެ ހަރަދު ބޮޑުވީ އެތެރޭގެ އިންތިހާބަކާ ގުޅިގެންތޯ ނުވަތަ އަސްލަށްވެސް ބަލި މީހުން ގިނަވީމަތޯ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.

މިވާހަކައަށް ރައްދު ދެއްވައި މެމްބަރު ޣަފޫރު ވިދާޅުވީ، މިދިޔަ އަހަރު މުޅި ދުނިޔެވެސް ރަނގަޅަށް ކޮވިޑްގެ ވަބާއިން އަރައި ގަނެވިފައި ނުވާ ކަމަށާއި، މިގޮތުން ބޭސްފަރުވާއަށް މީހުން ގައުމުތަކަށް އޭރު ދަތުރުކުރީ މަދުން ކަމަށެވެ.

ނަމަވެސް މެމްބަރު ޣަފޫރު ވިދާޅުވީ، ކޮވިޑުން އަރައިގަނެ، ބޯޑަރުތައް ހުޅުވާލުމާއެކު ގިނަ އަދަދަކަށް މީހުން ބޭސްފަރުވާއަށް ދިޔަ ކަމަށައި، އެހެން ކަމުން އެއީ ޕްރައިމަރީއަކާ ގުޅޭ ކަމެއް ނޫން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *