ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް މަރުތޭލަކުން ހަމަލާދީފިއެވެ.
"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީރަށް ހަމަލާދިނީ ރޭ ފަތިހު މާލޭގެ ހަބީބީ ކެފޭ ތެރޭގައި ހުންނަވަނިކޮށް ފަސް ވަރަކަށް މީހުންގެ ގްރޫޕަކުން ކެފޭ ތެރެއަށް ވަދެއެވެ.
މެމްބަރ ޒަރީރަށް ދިން ހަމަލާގައި އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ޒަރީރަށް ރޭ ފަތިހު ނުރައްކާތެރި ހަތިޔާރެއް ގޮތުގައި ބެލެވިދާނެ އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
Post Views: 103