ރައްޔިތުންގެ މަޖިލީހުގައި މަރު ތަޅު އަޅުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުންދާތީ އެކަމާ ދެކޮޅަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން އަޑު އުފުލަން ފަށައިފިއެވެ.
އެމްޑީޕީގެ މެމްބަރުން ޓުވީޓް ކުރައްވައި ރައީސް ނަޝީދު ވަކި ކަމެއް ހާސިލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓަވާލައްވާ، ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް މެމްބަރުން ވަނީ ގޮވާލާފައެވެ.
Maruthalheh neylhey
– Isthiufa dhevvaa
– Committee thah huttuvaigen thi ulhuvvanee gavaidhaa khilaafah
– Aanmu committee bahdhaluvun baavvavaa
– Ithubaaru neiy kamahhuri massala thah baavvavaa
Maruthalhey kiyaigen 2 beynge aailee mudhalakah hadhaigen majlis hisoaru nukuravvaa— Mohamed Nashiz (@Mnashiz) June 10, 2023
މިގޮތުން ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒު ވިދާޅުވީ، މަޖިލީހުގައި މަރުތަޅެއް ނޭޅޭ ކަމަށާއި، ކޮމީޓީތައް ހުއްޓުވައިގެން އުޅުއްވަނީ ގަވައިދާ ހިލާފަށް ކަމަށާއި، އާންމު ކޮމިޓީގެ ބައްދަލުވުން ބާއްވަން ޖެހޭ ކަމަށެވެ. އަދި ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ނާޝިޒް ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން މަޖިލިސް ރައީސް ނަޝީދު އާއި ނައިބްރައީސް އިވާ އަބްދުﷲ ގެ އާއިލީ މުދަލަކަށް މަޖިލިސް ނަހައްދަވާ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވަވައިދެއްވުމަށް ނާޝިޒް ވަނީ އެދިވަޑައިގެންނެފައެވެ.
ގަވައިދު އޮތީ މަޖިލިސް ޑެޑްލޮކަށް ނުދާނެގޮތަށް! pic.twitter.com/9XyFXNYThH
— Mohd Abdulla Shafeeg (@mashafeeg) June 10, 2023
އެމްޑީޕީ ޕީޖީ ގްރޫޕްގެ ތަރުޖަމާން ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުالله ޝަފީގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ގަވައިދު އޮތީ ޑެޑްލޮކަކަށް މަޖިލިސް ދާ ގޮތަށް ނޫން ކަމަށާއި، މަޖިލީހުގެ ރައީސް އާއި ނައިބްރައީސަށް ރިޔާސަތު ނުބެލެހެއްޓޭހާ ހާލަތެއްގައި މަޖިލިސްގެ ޖަލްސާތައް ކުރިޔަށްގެންދާ ގޮތް މަޖިލިސް ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
Evves beyfulhegge amilla masalahathu kuriyah nere vaki magusadheh haasilu kurumuge beynumuga Rayyithunge Majis hisoaru kuumuge jaaga dhevigen nuvaane. Gaumah heyo edhey beyfulhun nama Majlis maruthalhu elhuvumuge badhaluga @MohamedNasheed aa @evattey isthiufaa dhevvaanee
— Ibrahim Shareef (@AdduShareef) June 10, 2023
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފް ވިދާޅުވީ މަޖިލިސް ޑެޑްލޮކަކަށް ދިއުމުގެ ޒިންމާ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އުފުއްލަވަން ޖެހޭނެކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެދެބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުންކަމަށާއި، ވަކި މަގްސަދެއް ހާސިލްކުރަން މަޖިލިސް ހިސޯރުކުރެވިގެން ނުވާނެ ކަމަށެވެ.
އައްޑޫ ފޭދޫ ދާއިރާގެ މެމްބަރ ނިހާދު ވިދާޅުވީ، މުޅި މަޖިލިސް ހުއްޓުވައި މަރު ތަޅު އަޅުވައިގެން ތިބީ ރައީސް ނަޝީދު އާއި އީވާއާ ކަމަށާއި، މަޖިލިސްގެ މެޖޯރިޓީ އިން އިތުބާރު ނެތް ކަމަށް ސޮއިކޮށް މައްސަލަ ހުށަހެޅުމުން ޑިމޮކްރަޓިކްގެ ރީތި ސިފައަކީ އިސްތިއުފާ ދެއްވުން ކަމަށެވެ. އަދި އަމިއްލަ އެދުން އިސްކުރުމުން ލިބޭނީ ރައްޔިތުންނަށް ގެއްލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Mulhi majlis huttuvai maru thalhu alhuvaigen thibee RN aai Eva … majlis ge majority in ithubaaru Neih kamah Soi koh massala hushahelhumun, democratic rivethi sifa Akee isthiufaa Dheefa dhurah Goss majlis hingeyne magu dhekkun! Amilla edhun iskureema Rayyithunnah gellun!
— Feydhoo Meehaa (Mohamed Nihad) (@nihad_m) June 10, 2023
ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް 54 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާއިރު، އީވާގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީތަކާމެދު ގޮތެއް ނިންމިފައިނުވާތީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މުއްދަތެއް ނެތްގޮތަށް މަޑު ޖައްސާލާފައެވެ.