ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އިއްވުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައި އީވާ ވަކިކުރުމުގެ މައްސަލަ 5.1 ނަމްބަރުގެ ގޮތުގައި ހިމަނާފައި އޮތީ އެންމެ ފުރަތަމަ ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. ދެން އޮތް ކަމަކީ ވޯޓަށް އަހަންޖެހޭ ކަންކަމަށް ވޯޓަށް އެހުމެވެ.
އީވާ މަގާމުން ވަކި ކުރުމުގެ ގަރާރު އިއްވާ ޖަލްސާގެ އިންތިޒާމް ގަވާއިދުގެ ދަށުން އާންމު ކޮމެޓީން މިހާތަނަށް ހަމަޖައްސާފައި ނުވި ނަމަވެސް، އީވާގެ މައްސަލަ އެޖެންޑާ ކުރުން ގަވާއިދު ލާޒިމް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ނިޔުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ވިދާޅުވެފައެވެ. .
Post Views: 47