ނިޒާމް ހައްޔަރުކޮށް، ބިދޭސީ މީހާ މަރާލިކަމުގެ ތުހުމަތު

353838_3_0c8d83fa72339e12006a9cb5aa5cd686935db330_large

ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރި ފަހުން ކަނޑުމައްޗަށް ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރެއިން މާލެއިން ފެނުނު މީހާގެ މައްޗަށް ބަންގްލަދޭޝް މީހާ މަރާލި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް، 45 އެވެ. އޭނާ ފެނުމާއެކު ފުލުހުން ވަނީ މިއަދު އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ ޓުވީޓްވެސް ކޮށްފައެވެ.

ނަމަވެސް، ފަހުން ފުލުހުން ވަނީ ނިޒާމް ހައްޔަރުކޮށް، އޭނާގެ މައްޗަށް ގެއްލިގެން ހޯދަމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން، 35، މަރާލި ކަމުގެ ތުހުމަތު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *