ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެ، 4 މީހަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ ހަވީރު ފުލުހުންގެ ކައުންޓާ-ނާކޮޓިކްސް ޓީމުން ހިންގި އޮޕަރޭޝަނެއްގައި 11.26 ކިލޯގެ ކެނަބިސްއާއެކު 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައި ވަނީ މާލޭގެ ހަތަރު ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގެ އެއް ސަރަހައްދުގައި ކަމަށް ކޮމިޝަނާ ވިދާޅުވިއެވެ.
Post Views: 18