މައި ސަފުހާއަށް ދާން
ތޭވީސް.

ތައިލޭންޑުގެ ކުއީން މަދަރ އަވަހާރަވުމާ ގުޅިގެން، ރަސްގެފާނަށް ރައީސް މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(38 ހަފުތާ ކުރިން)
ތައިލޭންޑުގެ ކުއީން މަދަރ އަވަހާރަވުމާ ގުޅިގެން، ރަސްގެފާނަށް ރައީސް މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ފޮޓޯ: ތޭވީސް

ތައިލޭންޑުގެ ރަސްގެފާނު މަހާ ވާޗީރާލޯންގްކޯން ޕްރާ ވާޗީރާކްލާއޯޗާއުޔޫހުއޯގެ މަންމާފުޅު، ކުއީން ސިކިރީތް (ދަ ކުއީން މަދަރ އޮފް ތައިލޭންޑް) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ތައިލޭންޑުގެ ރަސްގެފާނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ތައިލޭންޑުގެ ރަސްގެފާނަށް ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ކުއީން ސިކިރީތް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާގެ މުޅި ޙަޔާތްޕުޅުގައި ޤައުމަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި، އިޖްތިމާޢީ އެކިއެކި ހަރަކާތްތަކުގައި މުޖްތަމަޢުގެ ލާބައަށްޓަކައިކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އަބަދުމެ ދެމިހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްގެފާނުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން އެ ޤައުމަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތައިލޭންޑުގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް