ޓެރަރިޒަމްގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ކުއްތާތަކެއް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަނެއްގައި ކުއްތާ ބޭނުންކުރަނީ - ފޮޓޯ: ފުލުހުން

ޓެރަރިޒަމްގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ހާއްސަ ކުއްތާތަކެއް ރާއްޖެ ގެނެސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިފަހުން 10 ކުއްތާއެއް ގެނެސްފައިވާ ކަމަށެވެ. އެ ކުއްތާތައް ބޭނުން ކުރާނީ ޓެރަރިޒަމްގެ އޮޕަރޭޝަންތަކާއި އިންޓަލިޖެންސް އިން ލިބޭ މައުލޫމާތުތަކަށް ބަލާ ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖެ އާއި އަދި ރާއްޖެ އިން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެންޓުތަކުގެ ސަލާމަތީ ކަންކަމަށް އެ ކުއްތާތައް ބޭނުން ކުރާނެ ކަމަށެވެ. އެ ކުއްތާތައް ގެނެސްފައި ވަނީ މިދިޔަ ޖޫން މަހު ކަމަށްވެއެވެ.

މިހާރުވެސް ރާއްޖޭގައި ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުން ކުރެއެވެ. އެ ކުއްތާތައް ރާއްޖެ ގެނެސްފައި ވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *