ރާއްޖެއިން ތުރުކީއަށް ހަދިޔާކުރާ މަސްދަޅުގެ ފުރަތަމަ ބެޗު ފޮނުވައިފި

img-20230304-wa0020

ރާއްޖެއިން ތުރުކީއަށް ހަދިޔާ ކުރަން ނިންމާފައިވާ 500.000 މަސްދަޅުގެ ފުރަތަމަ ބައި މިއަދު އެގައުމަށް ފޮނުވައިފިއެވެ.

ތުރުކީއަށް މިދިޔަ މަހު ހަ ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން 500،000 މަސްދަޅު ހަދިޔާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ފަރާތުން ތުރުކީއަށް ފޮނުވާ މަސްދަޅުތައް ހަވާލުކޮށްދެއްވީ ފޮރިންގް ސެކެޓްރީ އަހުމަދު ލަތީފްއެވެ. އަދި މި ބެޗް ތުރުކީއަށް ފޮނުވާފައި ވަނީ ފޮރިން މިނިސްޓްރީ އާއި އޮނަރީ ކޮންސިއުލޭޓް އޮފް ތުރުކީއާ ގުޅިގެން ކަމަށެވެ.

ޓާކިޝް އެއާލައިން އިން ތުރުކީއަށް 500،000 މަސްދަޅު ފޮނުވާނީ ފަސް ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން މި މަސްދަޅުތައް މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ތުރުކީއަށް ފޮނުވާލެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *