ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަަދު ޙަމީދު ނ.އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނ.މަނަދޫއަށް ވަޑައިގެން، އެ ރަށުގައި އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު އޭނާގެ އާއިލާއާ ހިއްސާކޮށްފިއެވެ.
ސީޕީ ހަމީދު ވަނީ މަނަދޫގައި ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ގޮތް ކައިރިން ބައްލަވާފައެވެ. އަދި މަނަދޫގެ ކައުންސިލާއި އެރަށުގެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވުމުގެ އިތުރުން އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންނާއި އާންމު މުވައްޒަފުންނާވެސް ސީޕީ ހަމީދު ވަނީ ބައްދަލުކުރައްވާފައެވެ.
މީގެއިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ނ. މަނަދޫގައި އަލަށް އިމާރާތްކުރަމުންދާ ފުލުހުންގެ އައު ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ކުރަމުންދާ ސައިޓަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ނ. އަތޮޅަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.