ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ދުވަހުގެ ދަތުރުފުޅަކަށް މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ސޯލިހު މާދަމާ ހަވީރު އައްޑޫ ސިޓީއަށް ވަޑައިގަންނަވަނީ މި ހަފުތާގައި އަމަލީ މަސައްކަތް ފެށި އައްޑޫ ބިން ހިއްކުމުގެ މަޝްރޫ ރަސްމީކޮށް ފެށުމަށުމުގެ އިތުރުން ގަން އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ފެއްޓެވުމަށެވެ.
ރައީސް ސޯލިހު މާދަމާ އައްޑޫއަށް ވަޑައިގެން ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ހަވީރު މަރަދޫގައި ފައްޓަވައި ދެއްވުމަށްފަހު، އާދީއްތަ ދުވަހު ގަން އެއާޕޯޓް މަޝްރޫއު ފައްޓަފައިދެއްވާނެއެވެ.
މީގެއިތުރުން ރައީސް ސޯލިހު ހިތަދޫ ސިޓީ ސްކެއާގައި އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި އައްޑޫގައި ކުރިޔަށްދާ މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށްދާ ގޮތް ރައީސް ބައްލަވާނެއެވެ.