މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ވަރަށް މަތިކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު އައްޑޫ ސިޓީ މަރަދޫ "އިބޫ 2023″ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މަސްވެރިންނަކީ އެމްޑީޕީގެ ސަރުކާރުގައި މުހިންމު ބައެއް ކަމަށާއި، މަސްވެރިން އަތުން ގަންނަ މަހަށް ވަރަށް އަވަހަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.
މަސްވެރިންނަށް ތެލާ ނުބައްދަލު އަގެއްގައި މަސް ވިއްކަން ޖެހުމުން ރާއްޖޭން ބޭރަށް މަސް ވިއްކަމުންވެސް ގެންދަނީ ގެއްލުމުގައިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ދުނިޔޭގެ ތެލުގެ އަގު އުފުލުމުގެ ސަބަބުން މަސްވެރިންނަށް އެކަމުން އަސަރު ކުރާނެ ކަމަށެވެ.
Post Views: 22