ރައީސާއި ނައިބު ނެތް ހާލަތުގައި ރިޔާސަތު ބެލެހެއްޓޭ 5 މެންބަރުންނަށް ބަދަލެއް!

I801k0oyHCdSshHmbCAKVMsGkibCcbMgrGSnq8sa (1)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބްރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބެލެހެއްޓޭ ފަސް މެމްބަރުންގެ ލިސްޓު އަލުން އެކުލަވާލައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން މަޖިލިސް ރައީސް އަދި ނައިބްރައީސް ނެތް ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އަލަށް އެކުލަވާލި ލިސްޓާއި ތަރުތީބު އިއުލާން ކުރައްވާފައެވެ.

މަޖިލީހުގެ ރައީސް އަދި ނައިބްރައީސް ނެތް ހާލަތުގައި ރިޔާސަތު ބަލަހައްޓަން ކަނޑައަޅުއްވާފައިވާ 5 މެމްބަރުން ތަރުތީބުން:

  1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު
  2. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
  4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ
  5. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު

އަލަށް އެކުލަވާލި ލިސްޓުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ އިތުރުން ރިޔާސަތު ބަލަހައްޓަވާ އަސްލަމް އުނިކޮށްފައިވާއިރު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަނީ ލިސްޓަށް އިތުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *